Kizmio Stories

Статьи пользователей


Raajje aai beyru gaumu thakun aamdhanee hoadhi dhaane 7 goi

Atoll Blogger
0
8
Raajje aai beyru gaumu thakun aamdhanee hoadhi dhaane 7 goi

ކިޒްމިއޯ އަކީ މެންބަރުންނަށް ހަދިޔާ އާއި އެހީ، އަދި މަސައްކަތް ކޮއްލައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ  ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމްގެ އެންމެ ހާއްސަ ސިފައަކީ، ދިވެހިންގެ ފަރާތުން ލިބޭ ފައިސާ އެއްވެސް މެދުވެރިއަކާ ނުލައި ސީދާ އެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާވުމެވެ. އަދި ބޭރު ގައުމުތަކުގެ ފަރާތްތަކުން ލިބޭ ފައިސާ  އެ މީހެއްގެ ޕޭޕަލް އެކައުންޓަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.


ހަދިޔާ ހޯދާލެވޭނެ ގޮތްތަށް

1. ލިޔުންތެރިންނަށް

ކިޒްމިއޯގައި ލިޔުންތައް ޝާއިޢުކުރާއިރު، 'ގިފްޓް' ނުވަތަ ހަދިޔާ ދިނުމުގެ ފީޗާ އެކްޓިވް ކުރެވިދާނެއެވެ.
މިސާލަކަށް މި ލިޔުމުގެ ކަނާތްފަރާތުގައި އިން 'ގިފްޓް' ބަޓަނަށް ފިތާލުމުން، ލިޔުންތެރިޔާގެ ބޭންކު އެކައުންޓް ނަންބަރާއި ޕޭޕަލް ލިންކް ފެންނަން ހުންނާނެއެވެ.

މި ގޮތަށް ކޮންމެ މެންބަރަކަށްވެސް އެ މީހެއްގެ ބޭންކު އެކައުންޓް މަޢުލޫމާތު ސޭވްކޮށް، ޕޯސްޓް ކުރާ ލިޔުންތަކުގަ ގިފްޓް އެނޭބަލް ކޮއްލެވޭނެއެވެ. މިއީ ލިޔުންތެރިންގެ މަސައްކަތްތައް ބަލައިގަނެ، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކިޔުންތެރިންނަށް ހަދިޔާ ފޮނުވުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.

އިނގިރޭސި ބަހުން ލިޔުންތައް ޝާއިޢުކުރާ މެންބަރުންގެ ލިޔުންތައް ސާރޗް އިންޖީނުތަކުން ފެންނަން ފެށުމުން، ރާއްޖެއިން ބޭރުގެ ކިޔުންތެރިންގެ ފަރާތުންވެސް މިފަދަ ހަދިޔާ ލިބުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.

 

2. ފޮޓޯގްރާފަރުންނަށް

ހޮބީއެއްގެ ގޮތުގައި ފޮޓޯގްރަފީގެ މަސައްކަތްކުރާ ފަރާތްތަކަށް، ކިޒްމިއޯ ޕްލެޓްފޯމުގައި ފޮޓޯތައް ޝާއިޢުކޮށް 'ޓިޕްސް' ލިބޭނެ ގޮތް ހަމަޖެއްސިދާނެއެވެ. މިގޮތުން ހިއްސާކުރާ ފޮޓޯތަކުގެ ފެންވަރު ރަނގަޅުނަމަ، ބޭރު ގައުމުތަކުގެ މީހުންގެ ފަރާތުން ޑޮލަރުން ހަދިޔާ ނުވަތަ މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު އޮންނާނެއެވެ


3. ޔޫޓިއުބް ވީޑިއޯ

ޔޫޓިއުބް ވީޑިއޯޔޫޓިއުބް ޗެނަލް ހިންގާ ފަރާތްތަކުން ކިޒްމިއޯގައި ވީޑިއޯ ޝެއާރ ކުރާއިރު، 'ޓިޕް' އެނޭބަލް ކޮއްލެވޭނެއެވެ. މިއީ އަމިއްލަ އޮރިޖިނަލް އުފެއްދުންތައް ތައްޔާރުކުރާ މެންބަރުންނަށް އާމްދަނީ ހޯދުމަށް ހުޅުވިފައިވާ ރަނގަޅު މަގެކެވެ.

4. ފްރެންޑް ފައިންޑާރ

ކިޒްމިއޯ 'ފްރެންޑް ފައިންޑާ' ފީޗާގެ އެހީގައި އާ ރައްޓެހިންނާއި ހަޔާތުގެ ބައިވެރިއަކު ހޯދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. ވެރިފައިކޮށްފައިވާ މެންބަރުންގެ ޕްރޮފައިލްތަކުގައި 'ގިފްޓް ބަޓަން' އެއް ހިމެނިފައިވާނެއެވެ. އެހެންކަމުން، ތިބާއާ ގަޔާވާ ފަރާތްތަކުން ހަދިޔާ ފޮނުވުމަކީ ގުޅުން ބަދަހިވުމުގެ އިތުރުން، އާމްދަނީއެއް ހޯދުމަށް މަގުފަހިވެގެންދާނެ ރަނގަޅު ފުރުސަތެކެވެ.

 

އެހީ ހޯދާލެވިދާނެ ގޮތް

5. ވިޝް ލިސްޓް

 ކިޒްމިއޯ ވިޝް ލިސްޓް އަކީ ތިމާ ކުރަން ބޭނުންވާ މުހިންމު ކަމެއް ކުރުމަށް މާލީ ތަނަވަސްކަން ނެތް ހާލަތްތަކުގައި، އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދޭ ފީޗާއެކެވެ.
މިސާލަކަށް، އުމްރާގެ މާތް އަޅުކަން އަދާކުރުމަށް އެދޭ މީހަކަށް، އެކަމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެދާނެއެވެ. އަދި ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ ކިބައިން އެހީއަށް އެދުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިފަދަ ހާލަތްތަކުގައި، "ކިޒްމިއޯ ވިޝް ލިސްޓް" މެދުވެރިކޮށް އުމްރާ ދަތުރަކަށް އެހީތެރިކަން ހޯދުމަށް ޕޯސްޓެއް ޝާއިޢުކުރެވިދާނެއެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ދީލަތި ފަރާތްތަކުގެ އެހީތެރިކަން، ޚާއްޞަކޮށް ދީނީ ކަންކަމަށް ހޭދަކުރަން ބޭނުންވާ ފަރާތްތަކުގެ އެހީ ފަސޭހަކަމާއެކު ލިބިގެންދާނެ މަގެކެވެ.

 

 

އާމްދަނީ ހޯދާލެވިދާނެ 2 ގޮތް

6. ގިގް މާރކެޓްޕްލޭސް

ތަފާތު ދާއިރާތަކުން މަސައްކަތްކުރާ ފަރާތްތަކަށް "ކިޒްމިއޯ ގިގް މާކެޓްޕްލޭސް" މެދުވެރިކޮށް އެފަރާތްތަކުން ދޭ ޚިދުމަތްތައް އިޝްތިހާރުކޮށްގެން މަސައްކަތުގެ ފުރުސަތުތައް ހޯދިދާނެއެވެ.
 މީގެ ތެރޭގައި ސޯޝަލް މީޑިއާ މާކެޓިންގ ، ވިޔަފާރި އިޝްތިހާރު ހަދާދިނުން ފަދަ މަސައްކަތް ޕޯސްޓްކޮށްގެން ކަސްޓަމަރުން ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

 

7. ސްޓޮކް ފޮޓޯ

ސްޓޮކް ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ކިޒްމިއޯ އިން ދެ ގޮތަކަށް ފޮޓޯ ވިއްކައިގެން އާމްދަނީ ހޯދިދާނެ އެވެ.

އެއީ ކޮންމެ ފޮޓޯއަކަށް ވަކި އަގެއް ކަނޑައަޅައިގެން ވިއްކުމާއި، ނުވަތަ ފޮޓޯތައް ހިމެނޭ ގޮތަށް ޕެކޭޖްތަކެއް ތައާރަފުކޮށްގެން ވިއްކުމެވެ. މިސާލަކަށް، 20 ޑޮލަރުގެ ޕެކޭޖެއް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އެ ޕެކޭޖުގެ ދަށުން ގިނަވެގެން 20 ފޮޓޯ ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެއްސިދާނެއެވެ.

 

8. ފޮތް ވިއްކައިގެން

ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގެ އެހީގައި، ތަފާތު ވާހަކަތަކާއި އަމިއްލަ އުފެއްދުންތެރި ޚިޔާލުތައް ފޮތެއްގެ ސިފައިގައި އެކުލަވާލުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ.

މިގޮތަށް އަމިއްލަ ފޮތްތައް ލިޔެ ޝާއިޢުކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް، "ކިޒްމިއޯ ފްލިޕް ބުކްސް" މެދުވެރިކޮށް މައިގަނޑު 3 ގޮތަކަށް ފައިދާ ހޯދުމުގެ ފުރުޞަތު ފަހިވެފައިވެއެވެ.

1. ޕެކޭޖު ހަދައިގެން ވިއްކުން:
ވަކި އަދަދެއްގެ ފޮތްތަކެއް އެކުލެވޭ ގޮތަށް ޚާއްޞަ ޕެކޭޖުތައް ތައްޔާރުކޮށްގެން ވިއްކިދާނެއެވެ. މިސާލަކަށް، 30 ޑޮލަރަށް 5 ފޮތް ކިޔޭނެ ފަދަ ޕެކޭޖެއް އެކުލަވައިލެވިދާނެއެވެ. މިފަދަ ޕެކޭޖުތަކުގެ އަގު ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ލިޔުންތެރިޔާއަށް (މެންބަރަށް) ލިބިގެންވެއެވެ.

2. ވަކިވަކި ފޮތް ވިއްކުން:
ވަކިވަކި ފޮތްތަކުގެ ގޮތުގައި ވިއްކަން ބޭނުންވާ ފަރާތްތަކަށް، ކޮންމެ ފޮތަކަށްވެސް އެ ފަރާތަކުން ބޭނުންވާ ވަކި އަގެއް ކަނޑައަޅައިގެން ވިއްކުމަށް ލެވިދާނެއެވެ.

3. ކިޔުންތެރިން ދޭ ހަދިޔާ (ގިފްޓް) މެދުވެރިކޮށް:
ޝާއިޢުކުރާ ކޮންމެ ފޮތެއްގެ ތިރީގައި 'ގިފްޓް' ބަޓަނެއް އިންނާނެއެވެ. ފޮތް ކިޔާފައި ކަމުގޮސްފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔުންތެރިން ލިޔުންތެރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުން މާލީ ގޮތުން ހަދިޔާ (ޓިޕްސް/ގިފްޓް) ފޮނުވޭނެއެވެ.

 

 

އާމްދަނީ ހޯދިދާނެ އިތުރު ގޮތްތަށް

ހޯމްސްޓޭ

ގޭގަ ހުރި ހުސް ކޮޓަރިއެއް ކިޒްމިއޯ ހޯމްސްޓޭ މެދުވެރިކޮށް ދުވަހު ކުއްޔަށް ދީގެން ވެސް އާމްދަނީ ހޯދާލެވިދާނެ އެވެ
ކިޒްމިއޯ ހޯމްސްޓޭގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ރާއްޖޭގެ އެކި ރަށްރަށުން ކުއްޔަށް ދޫކުރަން ހުންނަ ކޮޓަރިތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލައި، ބުކިންގ ހަދާލެވޭނެ އެވެ.


 

ޓުއަރސް

ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރާ ތަފާތު ޓުއަރތަކާއި ޕެކޭޖުތައް "ކިޒްމިއޯ ޓުއަރސް" މެދުވެރިކޮށް އިޝްތިހާރުކޮށްލެވޭނެއެވެ.
މީގެ ތެރޭގައި މަސްދަތުރުތަކާއި، ފަޅުރަށްރަށަށް ދާ ޕިކްނިކް ދަތުރުތައް ފަދަ ޚިދުމަތްތައް ހިމެނެއެވެ.



 

ކިޒްމިއޯގެ ޕޭމަންޓް ނިޒާމު މަސައްކަތްކުރާ ގޮތް

ކިޒްމިއޯގައި ޤާއިމުކުރެވިފައިވަނީ "މެނުއަލް ޕޭމަންޓް" ނިޒާމެކެވެ.

މި ނިޒާމު ހިނގާގޮތުގެ މިސާލެއް:

  • ލިޔުންތެރިޔާ: ޢާއިޝާ (ފޮތް ވިއްކާ ފަރާތް)
  • ކިޔުންތެރިޔާ: މަރިޔަމް (ފޮތް ގަންނަ ފަރާތް)
  1. ފައިސާ ދެއްކުން: މަރިޔަމް، ޢާއިޝާގެ ފޮތެއް ގަތުމުން އެ ފޮތުގެ ފައިސާ ޖަމާވާނީ ސީދާ ޢާއިޝާގެ ބޭންކު އެކައުންޓަށެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތަކުން ފޮތް ގަނެފިނަމަ، ފައިސާ ޖަމާވާނީ ޢާއިޝާގެ ޕޭޕަލް (PayPal) އެކައުންޓަށެވެ.
  2. ނޯޓިފިކޭޝަން: އައު އޯޑަރެއް ލިބުމާއެކު، އެކަމުގެ މަޢުލޫމާތު ޓެލެގްރާމް މެދުވެރިކޮށް ވަގުތުން ޢާއިޝާއަށް ލިބޭނެއެވެ.
  3. ފޮތް ލިބުން: މަރިޔަމަށް އެ ފޮތް ކިޔަން ލިބޭނީ، ޢާއިޝާއަށް ފައިސާ ލިބުނުކަން ކަށަވަރުކުރުމަށްފަހު (Verify ކުރުމަށްފަހު)، އެ އޯޑަރު އެޕްރޫވް (Approve) ކުރުމުންނެވެ.

ސަމާލުކަމަށް:
ލިބޭ އޯޑަރުތަކުގެ ޕޭމަންޓް ވީހާވެސް އަވަހަކަށް ޗެކްކޮށް، އެޕްރޫވް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، ވެރިފައިނުކޮށް 5 އޯޑަރު (ޕެންޑިންގްގައި) އިނދެފިނަމަ، ޢާއިޝާގެ ޕޭމަންޓް ސިސްޓަމް ވަގުތީގޮތުން މެދުކެނޑޭނެއެވެ (Disable ވާނެއެވެ). އިތުރު ކިޔުންތެރިންނަށް ޢާއިޝާގެ ފޮތް ގަނެވޭނީ، ޕެންޑިންގްގައި ހުރި އޯޑަރުތައް ވެރިފައިކޮށް ނިންމުމުންނެވެ.

                        

 މެމްބަރޝިޕް ލެވެލްތައް އަދި ޕެކޭޖްތަކުގެ ތަފްޞީލު

ކިޒްމިއޯގައި ހިމެނެނީ މައިގަނޑު ދެ ލެވެލްއެއްގެ މެމްބަރޝިޕެވެ. އެއީ "ފްރީ" އަދި "ޕްރޯ" މެމްބަރޝިޕެވެ.

ދިވެހި ރުފިޔާއިން ފައިސާ ދެއްކުން: ދިވެހިރާއްޖޭގެ މެމްބަރުންނަށް ޕެކޭޖް ފީ ބޭންކު ރޭޓުން ދިވެހި ރުފިޔާއިން ދެއްކެވޭނެއެވެ.

މުހިންމު ލިންކުތަށް

ބެންކު އެކައުންޓް އަދި ޕޭޕަލް މައުލޫމާތު ސޭވް ކުރާނެ ގޮތް
ގިފްޓް ބަޓަން އެނޭބަލް ކުރާނެ ގޮތް
ޕްރޯ ޕެކެޖަކަށް އަޕްގްރޭޑް ކުރާނެ ގޮތް
ޕޯސްޓް ތަކުގަ ގިފްޓް އެނޭބަލް ކުރާނެ ގޮތް
ފްރެންޑް ފައިންޑާރ އެނޭބަލް ކުރާނެ ގޮތް
ވިޝް ލިސްޓުގަ ޕޯސްޓެއް ޖަހާނެ ގޮތް
ގިގް މާރކެޓްޕްލޭސްގަ ޕޯސްޓެއް ޖަހާނެ ގޮތް
ސްޓޮކް ފޮޓޯސްގަ ފޮޓޯ ޕޯސްޓް ކުރާނެ ގޮތް

Отправить подарок
Поиск
Категории
Больше
Travel
Wakeboarding and Water Skiing in the Maldives: Ride the Tropical Waves
The Maldives is famous for crystal-clear lagoons, warm tropical waters, and spectacular...
От Atoll Blogger 2026-08-08 19:45:38 37
Travel
Stargazing in the Middle of the Indian Ocean: A Magical Maldives Night Experience
The Maldives may be famous for its turquoise lagoons, powder-white beaches, and spectacular...
От Atoll Blogger 2026-08-09 10:28:40 11
Travel
Swim with Whale Sharks in South Ari Atoll: An Unforgettable Maldives Adventure
Imagine slipping into the warm, crystal-clear waters of the Maldives and suddenly seeing an...
От Atoll Blogger 2026-08-09 04:54:38 10
Travel
Beach Bonfire Nights in the Maldives: Music, Stars & Island Magic
There is something magical about sitting beside a glowing fire with your feet in soft white sand,...
От Atoll Blogger 2026-08-09 10:35:28 9
Travel
Exploring Paradise on Two Wheels: Health Benefits of Cycling Around Fuvahmulah City
Fuvahmulah City is a geographical marvel. As a unique single-island atoll in the southern...
От Atoll Blogger 2026-08-23 07:16:53 34
Kizmio https://kizmio.com